ދޮންފަނުގައި 16 އަހަރުގެ އަންހެން ކުއްޖަކާއެކު ގަދަކަމުން ބަދު އަޙްލާގީ އަމަލު ހިންގަން އުޅުނު ބަނގުލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި

By Ameer
ދޮންފަނުގައި 16 އަހަރުގެ އަންހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ދެ ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ބިދޭސީ ދެމީހުން ހައްޔަރު ކޮށްފައި ވާކަމަށާއި ނަމަވެސް އިތުރު މައުލޫމާތު އަދި ހާމަކުރެވެން ނެތް ކަމަށެވެ.

” އިއްޔެ ދެމީހުން ހައްޔަރު ކުރީ. އަންހެން ކުއްޖަކާ ބެހެން އުޅުނު ކަމުގެ ތުހުމަތުގައި. އިތުރު ތަފްސީލު ދެވޭކަށް އަދި ނެތް.“ ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ބަނގުލަދޭޝް ދެމީހުން ބެހުނު ކުއްޖާގެ ބައްޕަ މިއަދު ބުނީ ސިކުނޑީގައި އުނިކަމެއް ހުންނަ ކުއްޖާ މީގެ އެއްދުވަސް ކުރިން މަގުމަތީގައި ކުޅެން ހުއްޓައި ބަނގުލަދޭޝް ދެ މީހުން އެ ކުއްޖާ ގެންގޮސް ކުއްޖާގެ އަތުގައި ހިފަހައްޓައި ގަދަކަމުން ބެހެން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ކުއްޖާގެ ބައްޕަ ބުނީ އޭނާ ވަގުތުން އޭދަފުށީ ޕޮލިސް ސްޓޭޝަނަށް ގުޅިކަމަށާއި ނަމަވެސް ތިން ފަހަރު ގުޅުމުން ވެސް އެރޭ ނެތް ކަމަށް ބުނެފައި ވާކަމަށެވެ. އަދި ބިދޭސީ ދެމީހުން ގެންގޮސްފައިވަނީ އިއްޔެ ކަމަށް އޭނާގެ ބައްޕަ ބުނެއެވެ.

މި ދެބިދޭސީ މީހުންނަކީ އެރަށުގައި ފައިބަރު މަސައްކަތް ކުރަން އުޅޭ ދެމީހުން ނެވެ.

From: Jazeera Daily
Also in: Haveeru Online

One Response to “ދޮންފަނުގައި 16 އަހަރުގެ އަންހެން ކުއްޖަކާއެކު ގަދަކަމުން ބަދު އަޙްލާގީ އަމަލު ހިންގަން އުޅުނު ބަނގުލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި”

  1. every child deserves to be safe Says:

    hey.
    i think its great that youre trying to promote awareness for child abuse in the maldives eventhough its quite impossible due to the ignorance of maldivian attitudes.but hats off to you for trying, even if it is through blogging..i noticed that this blog is focused more on child sexual abuse rather than child abuse..i think sexual child abuse is the most understood of all abuses in the maldives.other types of abuses which the maldivians are completely ignorant and unaware such as emotional abuse needs to be brought into the light…maybe you could focus on that too…good luck and all the best…

    some one who wants to create awareness on child abuse

Leave a Reply