މިދިޔަ ހުކުރު ދުވަހު ހުކުރު ވަގުތު ދެ އަންހެންކުދިންނާއި އެކު ގެއެއްގެ އޮތް 55 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނީ ށ. ފުނަދޫން ބަދުއަހުލާގީ މައްސަލައެއްގައި މިމީހާ ހައްޔަރުކޮށްފައި ވަނީ އާއްމު ފަރާތަކުން ލިބުނު މައުލޫމާތަކާއި ގުޅިގެން ހުކުރު ވަގުތުގައި އެރަށު ގެއެއްގެ ތެރޭގައި ތިއްބައި ކަމަށެވެ.
ފުލުހުން ބުނީ މިމައްސަލާގައި ހިމެނެނީ އުމުރުން 18 އަހަރުގެ ކުއްޖަކާއި 18 އަހަރުންދަށުގެ ކުއްޖެއް ކަމަށެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ މިމައްސަލާގައި ހިމެނޭ ދެ އަންހެންކުދިން ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެހެންނަމަވެސް އެދެކުދިންގެ ބައިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުނަދޫން ވާހަކަ ދެއްކި މަންޒަރު ދުއް މީހަކު ބުނީ މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފިރިހެން މީހާ ގޭގެގައި ތަޅުލައިގެން ތިއްބައިކަމަށެވެ.
” އެއީ ހުސްކޮށް ހުންނަ ގެއެއް, އާއްމުކޮށް ހަމަ ނާޗަރަންގީ ކުޅެ ހަދާ ގެއެއް. ފުލުހުންނަށް ވަދެވިފައި އެއޮތީ ތަންކޮޅެއް މީހުން މަދު ވަގުތެއްގައި އާއްމްކޮށް 8 ވަރަކަށް މީހުން އަބަދުވެސް އެގޭގައި އުޅޭ.“ އޭނާ ބުންޏެވެ.
އޭނާ ބުނީ ފުލުހުން އެގެއަށް ވަތް އިރު ފިރިހެން މީހާ ހުރީ މުންޑެއް ލައިގެން ހުސްގަޔާ ކަމަށާއި އަންހެން ދެކުދިން ތިބީ ސިގިރޭޓް ބޯން ކަމަށެވެ.
” އެވަގުތު ފުލުހުން ވަތްއިރު އެމީހުން ތިބީ ސިޓިންގ ރޫމުގައި. އޭރު ޓީވީން ފިލުމެއްވެސް އަޅުވާފައި ހުރި, ފުލުހުންގޮސް ދޮރުގައި ޓަކި ޖެހުމުން ޓީވީ ނިއްވާލުމަށް ފަހު އިރުކޮޅެއް ފަހުން ދޮރު ހުޅުވީ.“ އޭނާ ކިޔައިދިނެވެ.
އޭނާ ބުނީ މިދެކުދިންނަކީ މިފަދަ ގޮތްގޮތަށް އުޅޭ ކަމަށް ރަށުތެރޭގައި މަސްހޫރު ދެކުދިން ކަމަށާއި ފުލުހުން އެގޭތެރެއަށް ވަނުމާއި އެކު މިދެކުދިން ދުވެ ގޮސް ފާހަނާ ތެރެއަށް ވަދެފައިވާ ކަމަށެވެ.
އޭނާ ބުނީ ފުލުހުން އެގެ ޗެކްކޮށް އެގޭ ތެރެއިން 12 ވަރަކަށް ބަރަހަނާ ފިލްމް އެގަޑީގައި ނެރެފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިފިރިހެން މީހާއަކީ ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އެހެންނަމަވެސް އަދި ދަރިއެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
News from: Jazeera Daily